ބޮލީވުޑްގެ ބަތަލާ އަދި މިސްވޯލްޑް 1994 ގެ މަގާމު ހޯދާފައިވާ އައިޝްވާރްޔާ ރާއީ ބައްޗަން އާއި ވައްތަރު މީހަކު މިހާތަނަށް ދުނިޔެއިން ފާހަގަ ކުރެވިފައި ނުވާ ކަމަށްވެ އެވެ.
އާންމުކޮށް ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި ޝަހުސިއްޔަތު ތަކާއި ވައްތަރު މީހުން ފާހަގަވެއްޖެ ނަމަ އެމީހަކު އަމިއްލައަށްވެސް އެހެން ކިޔައި މަޝްހޫރުވާން މަސައްކަތް ކުރެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި އައިޝްވާރްޔާ އާއި ވައްތަރު މީހަކު މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވެ އެވެ.
އެކަމަކު މިފަހަރު އައިޝްވާރްޔާއާ ވައްތަރު މީހަކު ފެނިފައި މިވަނީ އިންޑިއާއިންނެވެ. އާޝިތާ ސިންގް ކިޔާ މި އަންހެން މީހާ ދަނީ އޭނާގެ ސިފަ އައިޝްވާރްޔާ އާއި ވައްތަރރު ކަމުން އޭގެ ފައިދާ ނަގައި މުޅި އިންޓަނެޓް ފަހަތަ ކުރަމުންނެވެ.
އާޝިތާ ދަނީ އިންސްޓަގްރާމްގައި އައިޝްވާރްޔާގެ ކުރީގެ ފިލްމުތަކުގެ މަންޒަރުތަކާއި ލަވަތަކަށް އެކްޓު ކުރަމުންނެވެ. އަދި ފޮޓޯތަކުގައިވެސް އައިޝްވާރްޔާ އާއި ވައްތަރުވާން މަސައްކަތް ކޮށް ވައްތަރު ގޮތްގޮތަށް ހުއްޓިގެން ފޮޓޯ ނަގާފައި ހުރެ އެވެ.
އޭނާގެ މި މަސައްކަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ސަމާލުކަން ލިބެމުންނެވެ. އަދި ފޮލޯވަރުން އިތުރުވަމުންދާައިރު މިހާރު އާޝިތާގެ އިންސްޓަގްރާމް ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 251 ހާހަށް އަރާފަ އެވެ.
އޭނާގެ ޕޯސްޓުތަކަށް ކޮމެންޓު ކުރަމުންދާ މީހުން ދަނީ އެއީ އައިޝްވާރްޔާގެ ޅަ ވައްތަރު ކަމަށް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް