އެމްޑީޕީ އޮފީސް ތެރޭގައި މިއަދު މާރާމާރީ ހިންގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ގެ ބޯފަޅާލީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަން ހާމަ ކޮށްފި އެވެ.
އެ ހަމާލާ ދިފައިވަނީ އެތަނުގައި މަސައްކަތް ކުރާ ޖަޒީލް ކިޔާ މީހެކެވެ. އޭނާ މަންދީ އާއި އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާ ކޭޝިއަރަށް އަނިޔާވި އިރު އެމީހާ މަންދީއަށް ހަމަލާ ދީފައިވަނީ ބައިސްކަލު ޗޭނު ގަނޑަކުން ކަމަށް މަންޒަރުދުށް މީހުން މީޑިއާގައި ބުނެފައިވެ އެވެ.
މި ހަމަލާ ދޭން ޖެހުނު ގޮތާއި ގުޅޭގޮތުން އެކި މީހުން ވާހަކަ ދައްކަމުން ދަނީ އެކި ގޮތަށެވެ. ފުލުހުން ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ.
އެވަގުތު އޮފީހުގައި ތިބި ބައެއް މީހުން މީޑިއާގައި ބުނީ ޖަޒީލް މަންދީއަށް ހަމަލާ ދިނީ ފައިސާގެ މައްސަލައިގަ ކަމަށެވެ. އޭނާގެ ޝަކުވާއަކީ މުސާރަ ކުޑަވުން ކަމަށް ބުނެފައިވެ އެވެ.
އެކަމަކު ޖަޒީލް މީޑިއާގައި ބުނީ މަންދީއަށް ހަމަލާދޭން މަޖުބޫރުވީ އޭނާއަށް މަންދީގެ ފަރާުން ކުރާ ފުރައްސާރައަށް ކެތްނުކުރެވިގެން ކަމަށެވެ. އޭނާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމާއި، ޖަޒީލްގެ ދެ ދަރިންނަކީ އެހެން މީހުންގެ ދަރިން ކަމަށް ބުނެ މަންދީގެ ފަރާތުން ފުރައްސާ ކުރާތާ ހަ މަސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.
އަދި މުސާރަ ކުޑަކަމުން ހަމަލާދިން ވާހަކަ ޖަޒީލް ދޮގު ކުރެ އެވެ. އޭނާ ބުނެފައިވާގޮތުގައި މިހާރުވެސް އެމްޑީޕީން އިތުރު ގަޑީގެ ފައިސާ ނުދޭތާ ހަތަރު އަހަރުވެފައިވާއިރު އެ ފައިސާ ހޯދަންވެސް މަޖުބޫރުން މަސައްކަތެއް ކޮށްފަ ނުވާނެ ކަމަށެވެ.
މި މައްސަލައިގަ މިރޭ މަންދީ ކުރި ޓުވީޓެއްގައި ވަނީ ޖަޒީލް ދިފާއުކޮށްފައި ވާހަކަ ދައްކާފަ އެވެ. މަންދީ ބުނެފައިވާ ގޮތުގައި ޖަޒީލަކީ ގޯސް ކުއްޖެއް ނޫން ކަމަށާއި އޭނާ އަށް ބޭނުންވަނީ ފަރުވާ ކަމަށެވެ. އެހެންވެ، ޖަޒީލް މިރޭ ގެންގޮސް އެކަނި "ގޮޅިއަށް" ނުލުމަށް މަންދީ ވަނީ އެދިފަ އެވެ.
މަންދީގެ އެ ވާހަކައިން ޖަލީޒް އަކީ މަސްުވާއެއްޗެހި ބޭނުން ކުރާ މީހެއްގެ ގޮތުގައި ސިފަވެ އެވެ. ހުރިހާ ފަރާތަކުން މިއަދު ހާމަވި ވާހަކަތަކަށް ބަލާއިރު ހަމަލާ ދޭން ޖެހުނު އަސްލު ސަބަބު ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް