މާފުށީ ޖަލުގެ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވް ވެ، ޖަލު ކުއްލި ހާލަތަށް ގެނެސްފި

މާފުށީ ޖަލުގެ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވް ވެ، ޖަލު ކުއްލި ހާލަތަށް ގެނެސްފި އެވެ. ކޮމިޝަނަރ އޮފް ޕްރިސަންސް އަހްމަދު މުހައްމަދު ވިދާޅުވީ، މާފުށީ ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނ...

02 Sep 2021 | 17:41

މާފުށީ ޖަލުގެ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވް ވެ، ޖަލު ކުއްލި ހާލަތަށް ގެނެސްފި އެވެ.

ކޮމިޝަނަރ އޮފް ޕްރިސަންސް އަހްމަދު މުހައްމަދު ވިދާޅުވީ، މާފުށީ ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ކުރި ޓެސްޓުގެ ލިބުނީ މިއަދު ކަމަށެވެ. އަދި އޭނާގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

އެހެންވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމާފައިވާ ކަމަށާއި މިއީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. އަދި ވަގުތީގޮތުން ޤައިދީންގެ ހުރިހާ މޫވްމަންޓްތައް މެދުކަނޑާލެވޭނެ ކަމަށެވެ.

https://twitter.com/ahumadhumohamed/status/1433463133163515905

އޭނާ އާ ކޮންޓެކްޓް ވީ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނީ ކިތަށް މީހުން ކަމެއް އަދިހާމައެއް ނުކުރެ އެވެ.

ޖަލުގައި ތިބޭ އޮފިސަރުން ކޮންޓެކްޓް ވާ މީހުންގެ ތެރޭގައި ޖަލުގައި ތިބޭ ގައިދީންނާއި އެތަނުގެ އެހެން މުއައްޒަފުން ވެސް ހިމެނޭނެ އެވެ.

ކޮވިޑު ކޭސްތައް ފެނުން މަދުވެފައި އޮތުމަށް ފަހު، އަނެއްކާ ވެސް މަދުމަދުން އަންނަނީ ކޭސްތައް އިތުރުވަމުންކަން ފާހަގަ ކޮށްލެެވެ އެވެ.

އެގޮތުން ބުދަ ދުވަހު ޕޮޒިޓިވް ވި މީހުންގެ އަދަދު 189 ގައި ހުރި އިރު، ބްރާސްފަތި ދުވަހު އެ އަދަދު ހުރީ 173 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް