ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން 173 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެ އެންމެފަހުގެ ތަފާސް ހިސާބަށް ބަލާ އިރު، އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވް ވި 173 ސާމްޕަލްގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 69 މީހަކާއި އަތޮޅު ތެރެއިން 89 މީހަކާއި ރިސޯޓުތަކުން 16 މީހެކެވެ.
ފާއިތުވި 24 ގަޑި އިރު، 6،418 ސާމްޕަލް ވަނީ ކޮވިޑަށް ޓެސްޓު ކޮށްފަ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 81،474 އަށް ވަނީ އަރާފަ އެވެ.
އެޑްމިޓް ކޮށްގެން 24 މީހުންނަށް ފަރުވާދެމުން ދާ އިރު، މި ބަލީގައި 227 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 72 މީހުން ފާއިތުވި 24 ގަޑި އިރު ބަލިން ފަސޭހަވެ، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 79،340 އަށް އަރާފަ އެވެ.
މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 1،895 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް