އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ސިދާތް ޝުކްލާ ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން މަރުވީ މިއަދު ހެނދުނު އެވެ.
އުމުރުން 40 އަހަރުގެ ސިދާތް ހާޓް އެޓޭކު ޖެހިގެން މުމްބާއީގެ ކޫޕާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ރަސްމީކޮށް ހާމަކޮށްފައިވެ އެވެ. އަދި ބުނެފައިވަނީ ފުރަތަމަ ދެނެގަނެވުނު ކަންތައްތަކުން އޭނާ ހާޓް އެޓޭކެއް ޖެހިގެން މަރުވީ ކަމަށް ނިންމީ ކަމަށެވެ.
އެކަމަކު އެ ހޮސްޕިޓަލުން ބުނީ ސިދާތްއަށް ޖެހުނު ކުއްލި ހާޓް އެޓޭކުން އެމީހުން ބަލަން ބޭނުންވާ ނުވަތަ ހަގީގަތް އެނގެން ބޭނުން ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ މަރުވި ގޮތް ކަށަވަރު ކުރުމަށް ޕޯސްޓްމޯޓަމް ހަދަން އާއިލާ އާއި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވާ ކަމަށް ކޫޕާ ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ޕޯސްޓު މޯޓަމް ހެދުމަށް ފަހު މާދަމާގެ ވަގުތެއްގައި އާއިލާ އާއި ނަތީޖާ ހިއްސާ ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ޑޮކްޓަރުންނަށް ޝައްކު ކުރެވުނު ކަންކަމުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ. އެކަމަކު ސިދާތްގެ މަރާއި އެކު ސަޕޯޓަރުން ވަނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ނޫން ކަމަށާއި ބަޔަކު ގަސްދުގައި މަރާލީ ކަމަށް ތުހުމަތު ކޮށްފަ އެވެ.
މި ތުހުމަތުތަކާއި ގުޅިގެން މުމްބާއީ ފުލުހުން އައި ސިދާތްގެ އާއިލާއިން އެއްޗެއް އަދި ނުބުނެ އެވެ. ސިދާތްގެ އާއިލާގައި ތިބެނީި މަންމަ އާއި އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންނެވެ.
ސިދާތް އާންމުންގެ މެދުގައި އެންމެ މަގުބޫލުކަން ހޯދީ "ބިގް ބޮސް 13" ކާމިޔާބު ކޮށްގެންނާއި ކަލާސްގެ ޑްރާމާ ސިލްސިލާ "ބަލިކާ ވަދޫ" ގެ ލީޑްރޯލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް