ލ. އަތޮޅުގެ ތަރައްގީ ގުޅިފައިވަނީ ކެންސަރު ހޮސްޕިޓަލާ: ވިސާމް

ލ. ގަމުގައި އެޅުމަށް މި ސަރުކާރުން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލު ގުޅިފައިވަނީ އަތޮޅުގެ ތަރައްގީގާއި ކަމަށް މަގު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ. ވިސާމް މިހެން ވިދާޅު ވެފައިމިވ...

02 Sep 2021 | 14:05

ލ. ގަމުގައި އެޅުމަށް މި ސަރުކާރުން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލު ގުޅިފައިވަނީ އަތޮޅުގެ ތަރައްގީގާއި ކަމަށް މަގު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

ވިސާމް މިހެން ވިދާޅު ވެފައިމިވަނީ އަންނަ ހަފްތާގައި ހޮސްޕިޓަލް އެޅުމާއި ގުޅޭ މަސައްކަތްތަކަކަށް އިންޑިއާގެ ޓީމެއް ރާއްޖެ އަންނާނެކަން ރައީސް އޮފީހުގެ ތަރުޖަމާޏު މުހައްމަދު މަބްރޫކް އިއްޔެ ހާމަ ކުރައްވާފައި ވަނިކޮށެވެ. މަބްރޫކް ވިދާޅުވީ އެ ޓީމް ވަޑައިގަންނަވަނީ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް ކަމަށާއި، ރިވިއު ހެދުމަށްފަހު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެ ވާހަކަ އާއި ގުޅުވައި މިއަދު ވިސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ގަމުގައި ގާއިމްކުރުމަކީ މާލެ ސަަރަހައްދަށް ހުރިހާ ހިދުމަތެއް ޖަމާކުރުން ނިމުމަކަށް ސަރުކާރުން ގެންނާނެކަމުގެ ހެއްކެއް ކަމަށެވެ. އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި އެޅުމަށް ސަރުކާރު ވައުދުވެފައިވާ ޓާޝަރީ ފަސް ހޮސްޕިޓަލް ޕްރޮޖެކްޓްގެ ވައުދު ފުއްދުމަށް، ސަރައްދީ ތަރައްގީއަށް ޖާގަދޭންޖެހޭ ކަމަށެވެ.

އިުރަށް ވިދާޅުވީ ލ. އަތޮޅުގެ ތަރައްގީ ގުޅިފައިވަނީ ކެންސަރު ހޮސްޕިޓަލާއި ކަމަށެވެ.

https://twitter.com/mohamedwisaam/status/1433316074137657344

މި ހޮސްޕިޓަލް އަޅަކަން އިއުލާނު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ އިންޑީއާ ސަރުކާރުގެ އެހީގައި އަޅާ މި ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.

ސަރުކާރުން ލަފާކުރާގޮތުގައި މި ހޮސްޕިޓަލަކީ ކެންސަރާއި، ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގައި މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 ޕަސެންޓު ދަށް ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް ކަމަށެވެ.

ކެންސަރު ހޮސްޕިޓަލް ފުރަތަމަ އަޅަން ނިންމީ ހުޅުމާލޭގަ އެވެ.

ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަަށް ނިންމާފައިވާ އިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ދިވެހިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބައްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް