ކެފޭ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ގެއެއްގެ ވެރިއަކަށް ދައުވާ ކޮށްފި

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ގެއެއްގެ ވެރިފަރާތާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ދައުވާ އުފުލައިފި އެވެ. ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރި ކުރަން ގެ ދިން ކަމަށް ބުނާ މައްސަލައިގައި ދައ...

02 Sep 2021 | 11:45

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ގެއެއްގެ ވެރިފަރާތާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ދައުވާ އުފުލައިފި އެވެ.

ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރި ކުރަން ގެ ދިން ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރީ މ. ބްރައިޓްފްލާވާ ގޭގެ ވެރިޔާ ހުސެއިން ޔޫސުފްގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝާފިއު ވިދާޅުވީ އޭނާއަށް ދައުވާ ކުރީ، އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކޮށް، ޕެޑަލްކުރާ ކަމަށް ގަބޫލު ކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ގަބޫލު ކުރުމުގެ ފުރުސަތު އޮވެ، އެކަން ހުއްދަ ކޮށްފައިވާތީ ކަމަށެވެ. މި ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިގޮތަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ20 ވަރަކަށް ގެ މާލޭގައި ހުރެ އެވެ. އަދި އެފަދަ ތަންތަނުގައި އެ މަސައްކަތް ކުރުން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ވެރި ފަރާތަށް އެނގި ހުރި އެ ވިޔަފާރި ހުއްޓުވުމަށް މަސައްކަތް ނުކުރުން ހިމެނޭކަމަށް ބުންޏެވެ.

ފުލުހުން ބުނީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާޜިކޮށް ބޭނުން ކުރުމަށް ވަކި ވަކި ކޮޓަރިތައް ދޫކޮށްގެން ގޭގެ އެ ވިޔަފާރި ކުރަނީ ދަގަނޑު ދޮރުލައި ސެކިއުރިޓި ވަރަށް ބޮޑަށް ވަރުގަދަ ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް