ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުން 3 ގުނަ އިތުރު ޑޭޓާ!

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން އިތުރު ހަރަދަކާ ނުލައި 3 ގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ 30 ސެޕްޓެމްބަރ 2021 ގެ...

02 Sep 2021 | 11:05

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން އިތުރު ހަރަދަކާ ނުލައި 3 ގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ 30 ސެޕްޓެމްބަރ 2021 ގެ ނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާއި 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނެ އެވެ. އަދި މި ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްގެ ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ ޕެކޭޖްގެ ކީވޯޑްޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް