ގައުމީ އެއާލައިން މޯލްޑިވިއަންއިން މިމަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ހާއްސަ ދަތުރުތަކެއް ބާއްވަން ހަމަޖައްސައިފި އެވެ.
މޯލްޑިވިއަންއިން ބުނީ ހާއްސަ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ދުވަހު ކަމަށެވެ. އެއީ މި އޮގަސްޓު މަހުގެ15،22 އަދި29 ވަނަ ދުވަހު ކަމަަށް މޯލްޑިވިއަންއިން ބުނެ އެވެ.
މޯލްޑިވިއަން އިން ބުނި މި ދަތުރުތައް ބާއްވަނީ ރާއްޖެ އިން ބަންގްލަދޭޝް އަށް އަދި އެ ގައުމުން ރާއްޖެ އަށް އޮތް ޑިމާންޑު ބޮޑުވެފައި ވާތީ އެވެ.
މޯލްޑިވިއަން އިން ޓިކެޓު ނަގަން ބޭނުންވާ މީހުންނަށް އެ އެއާލައިނުގެ ހޮޓްލައިން 3335544 އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެ އެވެ.
މޯލްޑިވިއަން އިން މާލެ އާއި ޑާކާއާ ދެމެދު މިހާރު ވެސް ހަފުތާއަކު ތިން ދުވަހު ދަތުރު ކުރެ އެވެ. އެއީ ކޮންމެ އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް