އިނގުރައިދޫ ގައި ގާއިމުކުރި އައުޓް ޑޯ ޖިމް ޢާންމުންނަށް ހުޅުވާލައިފި

ރ. އިނގުރައިދޫ ގައި ގާއިމުކުރި އައުޓް ޑޯ ޖިމް ޢާންމުންނަށް ހުޅުވާލައިފި އެވެ. އެރަށު ކައުންސިލު އިދާރާ އިން ނެރުނު އިޢުލާނެއްގައި ބުނީ އެ ޖިމް މިއަދުން ފެށިގެން ޢާންމުކޮށް ހުޅުވާލާފައިވާ ކަަމަށެވެ. ޔޫ...

02 Sep 2021 | 09:28

ރ. އިނގުރައިދޫ ގައި ގާއިމުކުރި އައުޓް ޑޯ ޖިމް ޢާންމުންނަށް ހުޅުވާލައިފި އެވެ.

އެރަށު ކައުންސިލު އިދާރާ އިން ނެރުނު އިޢުލާނެއްގައި ބުނީ އެ ޖިމް މިއަދުން ފެށިގެން ޢާންމުކޮށް ހުޅުވާލާފައިވާ ކަަމަށެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން އެރަށުގައި ގާއިމުކުރި މި ޖިމް ބޭނުންކުރާނޭ އުސޫލާއި ސަމާލުކަން ދޭންވީ ކަންކަން ވެސް އިނގުރައިދޫ ކައުންސިލުން ވަނީ ޢާންމުކޮށްފަ އެވެ.

އެގޮތުން ފަތިހު 05:15 އިން ހެނދުނު 8 ޖެހުމާއި ހަމައަށް 50 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްފައިވާ އިރު، ހަވީރު 4 ން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ޢާންމުކޮށް އެންމެނަށް ވަނީ ހުޅުވާލާފަ އެވެ.

ރޭގަނޑު 8 ން 9:30 އަށް އަންހެނުންނަށް ޚާއްސަކޮށްފައިވާ އިރު، 9:45 ން ރޭގަނޑު 11 ޖަހަންދެން ޚާއްސަކޮށްފައިވަނީ ފިރިހެނުންނަށެވެ. އަދި16 އަހަރުން ދަށުގެ ކުދިން ޖިމް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އިނގުރައިދޫ ކައުންސިލުން ބުނެފައި ވެއެވެ.

އިނގުރައިދޫ ކައުންސިލުން ބުނީ ބޫޓަށް ނާރާ ޖިމް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށާއި ޖިމް ގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވެސް މަނާ ކަމަށެވެ. އަދި ޖިމަށް ކުނި އެޅުން ވެސް ވަނީ މަނާ ކޮށްފަ އެވެ.

މީގެ އިތުރުން ޖިމް ގައި ބެހެއްޓިފައިވާ އެއްވެސް މެޝިނަކަށް ގެއްލުމެއްވާނޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް އިނގުރައިދޫ ކައުންސިލުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް