އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގައި މެމްބަރު މިކާއިލް މަންމަގެ ބޯ ފަޅާލައިފި

އެމްޑީޕީ އޮފީސް ތެރޭގައި ހިންގި މަރާމާރީއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައި (މަންދީ) ގެ ބޯފަޅާލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯސަން މަގު...

02 Sep 2021 | 08:43

އެމްޑީޕީ އޮފީސް ތެރޭގައި ހިންގި މަރާމާރީއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައި (މަންދީ) ގެ ބޯފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި މާރާމާރި ހިންގި ކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 12:30 ގައި ކަމަށެވެ.

މާރާމާރީގައި އުމުރުން 50 އަހަރުގެ އަންހެނަކަށް އަނިޔާވި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ އަދި އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެތަނަށް ވަދެ މާރާމާރީ ހިންގީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. މަންޒަރު ދުށް މީހުން މީޑިއާގައި ބުނެފައިވަނީ މަންދީއަށް ހަމަލާދިނީ ޗޭނު ގަނޑަކުންނެވެ.

އަދި މަންދީގެ އިތުރުން އެ ހަމަލާގައި ކޭޝިއަރަކަށް އުޅޭ ފިރިހެނަކުވެސް ޒަހަމްވި ކަމަށްވެ އެވެ. އެމީހާ ބުނެފައިވަނީ ބެލެވޭގޮތުގައި އެ ދެމީހުންނަށް ހަމަލާ ދިނީ ފައިސާ އާއި ގުޅޭ ކަމެއްގަ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް