މިއަހަރުގެ ރެހެންދި އެވޯޑު ދިނުމުގެ ހަފުލާ މި ސެޕްޓެމްބަރ މަހުގެ 6 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މި ހަފުލާ އޮންނާނީ ސެޕްޓެމްބަރ 6 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. އަދި މި ހަފުލާގައި މިދިޔަ 2020 ވަނަ އަހަރާއި މިއަހަރުގެ ރެހެންދި އެވޯޑު ހަވާލުކުރުން އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކުރެވޭ ހިއްސާއެއް އަދާކުރާ ގައުމަށް ލާބައާއި މަންފާ ލިއްބައިދޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުން އަދި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަގުސަދުގައި ޖެންޑަރ މިނިސްޓްރީން ދެމުން އަންނަ އެވޯޑެވެ.
މި އެވޯޑު ދެމުން އަންނަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ މިއަހަރުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޝަރަފްވެރި މެހްމާނުގެ ހައިޘިއްޔަތުން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް