ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓު އަކީ ކެންސަރު ބަލީގެ އެކި ބާވައްތަކުން ސަލާމަތްތެރިކަން ހޯދުމާއި، ކެންސަރު ބަލި ދެނެގަތުމާއި އަދި އެބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ޑިޕާޓްމެންޓެކެވެ.
ވަކިން ހާއްސަކޮށް އޮންކޮލޮޖީ ޑިޕާޓުމެންޓުން ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކީ ކީމޯތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓުން ކެންސަރު ޖެހިފައިވާ ބަލިމީހުންނަށް ކްލިނިކަލް ކެއާ ފޯރުކޮށްދޭ މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވެއެވެ.
އޮންކޮލޮޖީ ޑިޕާޓުމެންޓުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ކީމޯތެރަޕީ، ބްރެސްޓު ކެންސަރުގެ ފަރުވާ، ޕްރޮސްޓްރޭޓު ކެންސަރުގެ ފަރުވާ، ލަންގު ކެންސަރުގެ ފަރުވާ، ހެޑް އެންޑު ނެކް ކެންސަރުގެ ފަރުވާ އަދި ކޮލޯން ކެންސަރުގެ ފަރުވާ ހިމެނެއެވެ.
ޑރ. އަމްރު އަކީ ސޮލިޑް ޓިއުމާސް އަދި ލިމްފޯމާސް އަށް ސްޕެޝަލް ކްލިނިކަލް އިންޓްރެސްޓު ހުންނަ އޮންކޮލޮޖީގެ ހާއްސަ ޑޮކްޓަރެކެވެ. ޑރ. އަމްރުއަކީ ސިއްހީ ތަޖުރިބާކާރު އަދި މެނޭޖްމެންޓު އޮފް އޮންކޮލޮޖިކަލް ކޮންޑިޝަންސް ނުވަތަ ކެންސަރުގެ އެކި ހާލަތްތަކަށް ފަރުވާދިނުމުގައި ރޭޑިއޯތެރަޕީ ދިނުމުގެ ހުނަރުވެރި އޮންކޮލޮޖިސްޓެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕީޓުމެންޓަކީ ކެންސަރު ބަލި ޖެހިފައި ތިބި މީހުންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ޑިޕާޓުމެންޓެއް ކަމަށް އެހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް