އަލީ ހައްޔަރު ކުރި ކަމެއް އަދިވެސް ދިވެހި ފުލުހުންނަކަށް ނޭނގެ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރި ކަން ދިވެހި ފުލުހުންނަށް އަދިވެސް ނޭނގޭ ކަމަށް ބުނެފި އެވެ. މީޑިއާ ރިޕޯޓތައް ބުނާގޮތުގައި އަލީ އިނގިރޭސި ފުލުހުން ހައްޔަރު ކުރީ...

02 Sep 2021 | 07:59

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރި ކަން ދިވެހި ފުލުހުންނަށް އަދިވެސް ނޭނގޭ ކަމަށް ބުނެފި އެވެ.

މީޑިއާ ރިޕޯޓތައް ބުނާގޮތުގައި އަލީ އިނގިރޭސި ފުލުހުން ހައްޔަރު ކުރީ ވިސާގެ މުއްދަތު ހަމަވެގެންނެވެ. އޭނާ މިދިޔަ މަހުގެ25 ދުވަހު ހައްޔަރު ކުރީ ދިވެހި ނޫސްވެރިންނާއި އޮންލައިންކޮށް ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

އޭގެ ފަހުން އިއްޔެއަށް ވަނީ ހަފްތާއެއް ވެފަ އެވެ.

މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ އެއްވެސް މައުލޫމާތެއް ބޭރުގެ ރަސްމީ އެއްވެސް އިދާރާއަކުން ލިބިފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލް ނުދެއްވަ އެވެ.

ފުލުހުން މިހެން ބުނި ނަމަވެސް އަލީ ހައްޔަރު ކުރިކަން އޭނާގެ ގާނޫނީ ވަކީލުން މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ. އަދި އެކަން ކޯޓަށްވެސް އަންގާފައިވާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް