ގަވައިދާ ހިލާފަށް މަގުމަތީގައި ޕާކުކޮށްގެން ޓޯ ކުރާ އުޅަނދުތަކުން ފުލުހުން ވައްކަން ކުރާ ކަމަށް ބުނެ އާންމު ކުރި ވީޑިއޯއަށް ފުލުހުން ޖަވާބު ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓޯ ކުރާ އުޅަނދު ފަހަރު ބަލާ އައުމަށް ވެރި ފަރާތަށް ދެވެނީ60 ދުވަހުގެ މުއްދަތެއް ކަމަށެވެ.
އެ މުއްދަތުގައި އުޅަނދު ބަލާ ހާޒިރު ނުވެއްޖެ ނަމަ އެ އުޅަނދެއް ނައްތާލުމުގެ ބާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންނަސް ލިބިދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އުޅަނދެއް ނައްތާލުމުގެ ކުރިން އެ އެއްޗެސް ފުލުހުން ރަނގަޅަށް ބަލާ ފާސް ކުރާނެ ކަމަށެވެ.
އަދި ވެހިކަލްތައް ނައްތާލާނީ އެކަމަށް ހެދިފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައި ދައުރުވަމުންދާ ވީޑިއޯއަކީ ހަގީގަތާއި ހިލާފު ވީޑިއޯއެއް ކަމަކަށް ނުބުނެ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވީޑިއޯގައި ފެނިގެން ދަނީ އެގޮތަށް އުޅަނދު ނައްތާލުމުގެ ކުރިން އެ އުޅަނދު ބަލާ ފާސްކުރަމުންދާަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް