ބޮމުގެ ހަމަލާއާ ގުޅިގެން ބަޔާން ދޭން ތައްޔާރު ކަމަށް ނަޝީދު އަންގަވައިފި

ބޮމެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އުޅުނު މައްސަލައިގަ ބަޔާން ދޭން ތައްޔާރށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ނަޝީދަށް އަމާޒުކޮށް ބ...

02 Sep 2021 | 05:05

ބޮމެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އުޅުނު މައްސަލައިގަ ބަޔާން ދޭން ތައްޔާރށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ. އެކަމަކު މިހާތަނަށް ފުލުހުންނާއި ޕީޖީން އެދިގެންވެސް ނަޝީދު ބަޔާން ދެއްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުލް ސައްތާރު ސޮއިކުރައްވައި ޕީޖީ ޝަމީމްއަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ ޕީޖީ އެދިވަޑައިގަންނަވާ ބަޔާން ދެއްވަން ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން އެ ބަޔާން ނެންގެވުމަށް ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް