ރޭ ރާޅުގަނޑު ސަރަހައްދުން ހޮސްޕިޓަލަށް ގެންދިޔައީ މަސްތުވެފަ އޮތް މީހެއް: ފުލުހުން

ރޭ ރާޅުގަނޑު ސަރަހައްދުގައި އޮއްވަ ފެނިފައިވަނީ މަސްތުގެ ހާލަތުގައި އޮތް މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. އެމީހާ އޮތީ އެ ސަރަހައްދުގެ ބިން މައްޗަށް ވެއްޓިފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުން...

02 Sep 2021 | 04:11

ރޭ ރާޅުގަނޑު ސަރަހައްދުގައި އޮއްވަ ފެނިފައިވަނީ މަސްތުގެ ހާލަތުގައި އޮތް މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

އެމީހާ އޮތީ އެ ސަރަހައްދުގެ ބިން މައްޗަށް ވެއްޓިފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު12:15 ހާއިރު ކަމަށެވެ. އެމީހާ އެ ސަރަހައްދުން ނަގައިގެން ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ.

ފުލުހުން ބުނީ މައުލޫމާު ސާފު ކުރި ކުރުމުން އެނގުނު ގޮތުގައި އެމީހާ އޮތީ މަަސްތުގެ ހާލަތުގައި އެވެ.

އަދި މިހާރު ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް