ފީފާ ވޯލްޑް ކަޕު ޔޫރަޕް ކޮލިފައިންގައި ރޭ ފްރާންސާއި ބޮސްނިއާ ހަޒްގޮވީނާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ފްރާންސް އެއްވަރުވީ ބޮސްނިއާއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުންނެވެ.
ފްރާންސްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބޮސްނިއާއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެޑިން ޒެކޯއެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ފްރާންސުން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަނެވެ.
މެޗުގެ ފުރަތަމަ ހާފުގުގެ ކުޅުން ދެ ޓީމުވެސް އެއްވަރެއްގައޮ އޮވެ ނިމުނު އިރު، މި މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ފްރާންސްގެ ޖޫލްސް ކޫންޑޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ކޫންޑޭއަށް އެންމެ ފުރަތަމަ ރެފުރީ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވިއޭއާރް) ބެލުމަށް ފަހު ރެފުރީ ވަނީ އެ ނިންމުން ބަދަލުކޮށް، އޭނާއަށް ރަތް ކާޑެއް ދައްކާފައެވެ.
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް ޑީގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ޔޫކްރޭނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް