އަނގޮޅިތީމު ބަނދަރުގެ 53 ޕަސެންޓު މަސައްކަތް ނިންމައިފި

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ...

02 Sep 2021 | 04:04

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ53 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ހާބާ ޕޭވްމަންޓުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން، އަނގޮޅިތިމުގެ 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.

ީގެ އިތުރުން 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީން ބުނީ މަސައްކަތް އެއްކޮށް ނިމޭއިރު 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތިވެސް ހަރުކުރާނެ ކަމަށެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 40.7 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް