ތިން މީހުންނާއެކު އޮޔާދިޔަ ޑިންގީއެއް ސަލާމަތްކޮށްފި

ތިން މީހުންނާއެކު ފ ފީއަލިން މަހަށް ނިކުމެ އުޅެނިކޮށް އޮޔާދިޔަ ޑިންގީއެއް ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ. ފުލުހުން ބުނީ މިއަދު ހަވީރު 17:15 ހާއިރު ފީއަލިން މަހަށް ނިކުތް މި ޑިންގީގައި ތިބ...

02 Sep 2015 | 16:39

ތިން މީހުންނާއެކު ފ ފީއަލިން މަހަށް ނިކުމެ އުޅެނިކޮށް އޮޔާދިޔަ ޑިންގީއެއް ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:15 ހާއިރު ފީއަލިން މަހަށް ނިކުތް މި ޑިންގީގައި ތިބީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އަދި  މި ޑިންގީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:30 ހާއިރު ކަމަށާއި އޭރު އެޑިންގީ އޮތީ ފީއައްޔާ ދެ މޭލަށް ވުރެ ބޭރުގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ނިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ފ. އަތޮޅުގައި އޮންނަ ފުލުހުންގެ ލޯންޗުގައި ގޮސް ޑިންގީގައި ތިބި މީހުންނާ ޑިންގީ ސަލާމަތް ކުރުމަށްފަހު މިހާރު ވަނީ މީހުންނާއި ޑިންގީ ފީއައްޔަށް ގެނެސްފައި ކަމަށެވެ.  މި ޑިންގީން ދަތުރުކުރި ތިން މީހުންގެ ޙާލުވެސް ރަނގަޅުކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް