ގާޒާގެ އެކޮނޮމީ ދައްކާގޮތުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ގާޒާއަކީ ފަޅުތަނަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އދ އިން ހާމަކޮށްފި އެވެ.
އދ އިން މިކަން ހާމަކޮށްފައި މިވަނީ އދ ގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑެވެލޮޕްމެންޓް އިން އިއްޔެ ނެރުނު ރިޕޯޓެއްގަ އެވެ. އެ ރިޕޯޓްގައި އެހެން ބުނެފައިވަނީ ފާއިތުވި އަށް އަހަރު މިސްރުގެ ފަޅިންނާއި އިޒްރޭލުގެ ފަޅިން އެކްސްޕޯޓް އިމްޕޯޓަށް ގެނެސްފައިވާ "ބްލޮކޭޑް" އާއި ފާއިތުވި ހަ އަހަރު ތެރޭގައި އިޒްރޭލާއި ފަލަސްތީނާއި ދެމެދު ހިނގާފައިވާ ތިން ހަނގުރާމައަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ.
"އެންމެ ފަހުން ކުރި ހަނގުރާމައިގަ ގާޒާގައި "މިޑްލް ކްލާސް" އެކަކުވެސް ނެތް، މުޅި އާބާދީ ބަރޯސާ ވާން ޖެހެނީ އެހީދޭ ޖަމާއަތްތަކަށް" އދގެ ރިޕޯޓްގައި ވެ އެވެ.
އެ ރިޕޯޓްގައި ވާގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެގައުމުގެ ޖީޑީޕީ ވަނީ 15 އިންސައްތަ ދަށަށް ގޮސްފައިވާއިރު ވަޒީފާގެ ނެތް މީހުންގެ ރޭޓް ވަނީ 44 އިންސައްތަ ދަށަށް ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް