ފުލުހުން ކޮޅުފުށީގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފި

މ.ކޮޅުފުޅީ ޕޮލިސް ސްޓޭޝަނުން އިސް ނަގައިގެން އެ ރަށުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. އެ ރަށުގެ  ދެ ޖިންސުގެ ހުރިހާ އުމުރުފުރަޔަކަށް ހުޅުވާލައިގެން މި އޯގަސްޓު މަހު އެއް ވަނަ ދުވަހުގެ ރޭ ފެށި މ...

02 Sep 2015 | 11:34

މ.ކޮޅުފުޅީ ޕޮލިސް ސްޓޭޝަނުން އިސް ނަގައިގެން އެ ރަށުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ރަށުގެ  ދެ ޖިންސުގެ ހުރިހާ އުމުރުފުރަޔަކަށް ހުޅުވާލައިގެން މި އޯގަސްޓު މަހު އެއް ވަނަ ދުވަހުގެ ރޭ ފެށި މި ޕްރޮގްރާމަކީ ތިން ހަފްތާގެ މުއްދަތަށް ކުރިއަށްދާ ކަސްރަތު ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމުގައި 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރި ވެފައި ވާކަމަށެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމުގައި އިންޑޯ އަދި އައުޓްޑޯ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކަސްރަތާއި ކަސްރަތު ކުރުމުން ލިބޭ ފައިދާއާއި ރަގަޅު ސިއްހަތެއްގައި ދެމި ތިބުމުގެ މުހިންމުކަން ބައިވެރިންނަށް ކިޔައިދެވޭނެ ކަމަށެވެ. އަދި ރަގަޅު ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކާއި ރަގަޅު ފައިދާހުރި ކާނާއާއި ބެހޭ މަޢުލޫމާތުގެ އިތުރުން ކަސްރަތު ކުރަންވީ ގޮތްތައް ކިޔަވައިދޭނެ ކަމަށެވެ.

ކޮޅުފުށީ ސިއްހީ މަރުކަޒާއި ރެޑް ކްރެސެންޓު ގުޅިގެން ކުރިއަށްދާ މި ޕްރޮގްރާމުގައި ކިޔަވައިދެނީ ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޯ ސެކިރިޓީ އެންޑް ލޯ އެންފޯސްމެންޓު ސްޓަޑީސްގެ އިންސްޓަރަކްޓަރުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް