"ދަންޑަހެލު" ދޯނީގެ ހަބަރެއް ވެއްޖެ: އެމްއެންޑީއެފް

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ރ.ދުވާފަރު "ދަންޑަހެލު" ދޯނި ގެއްލިގެން ހޯދަމުންދަނިކޮށް އެދޯނީގެ ޚަބަރެއް ވެފައި ވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ "ދަންޑަހެލު" ދޯ...

02 Sep 2015 | 11:14

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ރ.ދުވާފަރު "ދަންޑަހެލު" ދޯނި ގެއްލިގެން ހޯދަމުންދަނިކޮށް އެދޯނީގެ ޚަބަރެއް ވެފައި ވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ "ދަންޑަހެލު" ދޯނީގެ ޙަބަރެއް ނުވެގެން މިއަދު ކޯސްޓްގާޑަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތުން ގުޅިގެން ކުރަމުންދަނިކޮށް، އެ ދޯންޏާ ގުޅިފައިވަނީ ބ.އަތޮޅުގައި މަސްވެރިކަމަށް ނުކުމެ އުޅުނު އެހެން ދޯންޏަކަށް ކޮމިޔުނިކޭޝަން ސެޓު މެދުވެރިކޮށް ކަމަށެވެ.

"ދަންޑަހެލު" ދޯންޏާ ގުޅުނުއިރު، އެދޯނި އޮތީ ބ.ގޮއިދޫއާ 90 މޭލު ބޭރުގައި މަސްވެރިކަން ކުރަން މަޑުކޮށްލައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް