ފޮރިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އަނޫޝް މަގާމުން ވަކިކުރައްވައިފި އެވެ.
އެ މަގާމުން އަނޫޝް ވަކި ކުރައްވާފައިވާކަން ދުވަހަށް ކަށަވަރުވެފައި ވީނަމަވެސް ވަކި ކުރެއްވީ ކޮން ސަބަބަކާ ހުރެކަން ސާފުވެފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމަށް އަނޫޝް އައްޔަންކުރީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.
އަނޫޝް އަކީ މީގެ ކުރިން ވަނީ ދިއެފްއެމް ވިޒްއަލް ރޭޑިއޯއާއި ޗެނަލް 13 ގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް