މެލްވެއަރ އަކުން އެޕަލްގެ ޖެއިލްބްރޭކް އައި ފޯންތަކެއް ހެކްކޮށް ދެލައްކަ 25 ހާސްއަށްވުރެ ގިނަ އެޕަލް އެކައުންޓް ވަގަށް ނަގައިފިއެވެ. މިއީ މިހާތަނަށް މިހެން ހެކޮކޮށްގެން އެޕަލްއިން އެންމެ ގިނަ މައުލޫމާތުވަގަށްނެގި ފަހަރެވެ.
ހެކްކޮށްފައިވަނީ ޖެއިލް ބްރޭކް ކުރަން ބޭނުން ކުރާ މަސްހޫރު ޓޫލް އެއްކަމުގައިވާ ސިޑިއާ ބޭނުންކޮށްފައިވާ އައި ފޯންތަކުން ކީރައިޑާ ކިޔާ އެޕްލިކޭޝަން އެއް މެދުވެރިކޮށެވެ. ވަގަށް ނަގާފައިވާ އެޕަލް އެކައުންޓްތައް މެދުވެރިކޮށް ދަނީ ބޮޑަތި އަދަދުތަކުން ވަގު ވިޔަފާރިކުރަމުންއެވެ. މި އެޕްލިކޭޝަން ވަނީ ޗައިނާ ، ޖަޕާން ، ޕްރާންސް، ޔޫކޭ، އޫއެސްއޭ، ކެނެޑާ، ޖާރމަނީ، އޮސްޓްރޭލިއާ، އިސްރާއީލް، އިޓަލީ، ސްޕެއިން، ސިންގަޕޯރ އަދި ސައުތު ކޮރެއާ ހިމެނޭ ގޮތަށް 18 ގައުމެއްގެ އައިފޯންތަކަށް ހަމަލާދީފައެވެ.
https://twitter.com/YourAnonNews/status/638433637273223168?ref_src=twsrc%5Etfw
ހެކްކޮށްފައިވާކަން ހޯދައިފައިވަނީ ސެކިއުރިޓީ ކުންފުންޔެއް ކަމަށްވާ ޕަލޯ އަލްޓޯ ނެޓްވޯރކްސް އާއި ޗައިނާގެ ޓެކް ކުންފުންޔެއްކަމަށްވާ ވިޕްޓެކްއިންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް