ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ރ.ދުވާފަރު "ދަންޑަހެލު" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނު...

02 Sep 2015 | 05:24

ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ރ.ދުވާފަރު "ދަންޑަހެލު" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން މިދޯނީގެ ޚަބަރެއްވޭތޯ ދޯނީގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  14 މީހުންނާއެކު މަސްވެރިކަމަށް ނުކުތް މިދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ 2015 އޮގަސްޓް 28 ވަނަ ދުވަހުގެ ރޭ 2200 ހާއިރު ރ.ކަނދޮޅުދޫގެ ހުޅަނގުން 08 ނޯޓިކަލް މޭލު ބޭރުންކަމަށް މަޢުލޫމާތު ލިބިފައި ވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިދޯންޏަކީ ދިގުމިނުގައި 85 ފޫޓްހުރި، ދޯނީގައި އަދި ގެގަނޑުގައި ވެސް ގަދަނޫކުލަ ލާފައިހުރި ދޯންޏެއްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެއް ކަމަށެވެ. އަދި މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށާއި ފެކްސް ކުރައްވާނަމަ ކުރައްވާނީ 3391665 މިނަމްބަރު ފެކްސް ކުރެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް