ފަރުމާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ ހުނަރު ދައްކާލުމަށް ޔޫތު މިނިސްޓްރީން ބާއްވާ ފަރުމާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރާއި 35 އަހ...

02 Sep 2015 | 04:59

ޒުވާނުންގެ ހުނަރު ދައްކާލުމަށް ޔޫތު މިނިސްޓްރީން ބާއްވާ ފަރުމާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް މިމަހު 12 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.

މި ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެކަކުން ތިނަކަށް ކަމަށާއި ފެއާގައި ބައިވެރިކުރާ ތަކެތި އާންމުންނަށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެއެވެ.

ފަރުމާ ފެއާއަކީ ޒުވާނުންގެ އެކިއެކި ފަންނުވެރި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ފަދިކޮށްދީ ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ ފެއާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް