ހުޅުމާލެ ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގައި 10,000 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގައިވާގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒް ވިދާޅުވީ، އަލަށް ހެދުމަށް އިއުލާންކުރާ 10,000 ހައުސިންގ ޔުނިޓްގެ ތެރޭގައި ހިމެނެނީ ސޯސަލް ހައުސިންގެ 7000 ހައުސިންގ ޔުނިޓާއި، މެދުފަންތީގެ 3000 ހައުސިންގ ޔުނިޓްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ތިން އަހަރު ނިމޭއިރު ސޯސަލް ހައުސިންގެ ބޮޑު ބައެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒް ކުރުމަށްޓަކައި އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް