ފ. އަތޮޅު ދަނރަބޫދޫގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި ނިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުމަކީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ފ. އަތޮޅުގެ މީހުން ދިރިއުޅެމުންދާ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ހަރަކާތުގެ ތެރެއިން ދަނރަބޫދޫގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެއް ކަމަށް ފުލުހުން ބުނެ އެވެ.
މި ބައްދަލުވުމުގައި ވައްކަމުގެ މައްސަލަތަކަށް މިހާރަށްވުރެ ސަމާލުކަންދީގެން މަސައްކަތްކުރުމާއި ރަށުގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި ފުލުހުންނާއި މުއައްސާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށާއި މި ބައްދަލުވުމުގައި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ އިންޖާޗު އާއި ދަނރަބޫދޫގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި ކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް