މިދިޔަ މާރޗް މަހު ބަންގްލަދޭޝްގައި ދީނާ ދެކޮޅު ބްލޮގަރ މަރާލި މައްސަލާގައި ފަސް މީހެއްގެ މައްޗައް ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އުފުލައިފިއެވެ.
ދައުވާ އުފުލާފައިވަނީ އަންސާރުއްލާ ބަންގްލަ ޓީމްގެ އޯގަނައިޒަރ، ހަޝިބުރް ރަހްމަން ގެ އިތުރުން މީނަގެ އިތުރު ހަތަރު ވާގިވެރިއެއްގެ މައްޗަށެވެ. ފުލުހުން ކުރި ތަހުގީގުން ހާމަވެފައިވަނީ ވަޝިގަރް ރަހްމަން މަރާލާފައިވަނީ ތިންމަސްދުވަސް ވަންދެން ރާވައި މިކަމުގައި ބައިވެރިވި މީހުން އަށް ތަމްރީނުދިނުމަށްފަހުގައި ކަމުގައެވެ. އުމުރުން 27 އަހަރުގެ ވަޝިގަރް ރަހްމަން މަރާލާފައި ވާ ސަބަބަކަށް ބެލެވިފައިވަނީ ދީނީ ޖަމާއަތްތަކާ ދެކޮޅަށް އޭނާ ލިޔަމުން ގެންދިޔަ ލިޔުންތަކުގެ ސަބަބުންއެވެ.
މިއަހަރު ވަނީ މިގޮތައް ހަތަރު ބްލޮގަރ އެއް ބަންގްލަދޭޝްގައި މަރާލާފައެވެ. ބަންގްލަދޭޝްގެ ފުލުހުން މީގެން ދެ މަރުގެ މައްސަލައެއްގައި މިދިޔަ އޯގަސްޓް މަހު ހަތް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މިފަދަ ހަމަލާތައް ބޮލްގަރ އިންއަށް ދިނުން އާންމުވަމުންދާތީ ބަންގްލަދޭޝްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތަކާ ދަނީ ކުރިމަތިވަމުންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް