ސާރިދޯޅައެއް ބަކަށްޓެއް ވަގަށް ނަގައިފި

އެމެރިކާގެ އަވަށެއްކަމުގައިވާ ލޯވަރ ސައުކޮން ޓައުންށިޕްގެ ރައްޔިތެއްގެ ގެއިން ބަކަށްޓެއް ވަގަށްނަގައިގެން ސާރިދޯޅައެއް ފިލައިފިއެވެ. މިއަވަށުގެ ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މި ސާރިދޯޅަ މިވަށްކ...

02 Sep 2015 | 02:38

އެމެރިކާގެ އަވަށެއްކަމުގައިވާ ލޯވަރ ސައުކޮން ޓައުންށިޕްގެ ރައްޔިތެއްގެ ގެއިން ބަކަށްޓެއް ވަގަށްނަގައިގެން ސާރިދޯޅައެއް ފިލައިފިއެވެ.

މިއަވަށުގެ ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މި ސާރިދޯޅަ މިވަށްކަން ކޮށްފައިވަނީ އެގޭގެ ފުޅަށްމަތިން ފުންމާލައިގެން ވަދެކަމުގައެވެ. މިހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިފަދަ އިތުރު ހާދިސާއެއް އޭގެ ފަހުން އަދި ހިނގާފައެއް ނުވެއެވެ.

މި އަވަށުގެ ރައްޔިތުން ވަނީ މިޖަރީމާ ހިންގި ސާރިދޯޅަ އަތުލައިގަތުމުގެ އުންމީދުގައި  ގޭގޭގައި ޝިކާރަ ކުރަން ބޭނުންކުރާ މަޅިތައް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް