ފަލަސްތީނަކީ މެމްބަރު ގައުމެއް ނޫން، އދ ގައި ފަލަސްތީނު ދިދަ ވިހުރިގެން ނުވާނެ: އިޒްރޭލު

އދ ގެ އަހަރީ އާންމު ބައްދަލުވުމާއި ދިމާކޮށް އާންމު މެމްބަރު ގައުމުތަކެކޭ އެއްގޮތަށް ފަލަސްތީނުގެ ދިދަ އދ ގެ ދިދަބަރީގައި ބޭނުންކުރާ އިސްލާހަށް އިޒްރޭލުން ވަރަށް ބޮޑަށް ފާޑުކިޔާ އެ އިސްލާހާ ދެކޮޅު ހަދަ...

02 Sep 2015 | 02:33

އދ ގެ އަހަރީ އާންމު ބައްދަލުވުމާއި ދިމާކޮށް އާންމު މެމްބަރު ގައުމުތަކެކޭ އެއްގޮތަށް ފަލަސްތީނުގެ ދިދަ އދ ގެ ދިދަބަރީގައި ބޭނުންކުރާ އިސްލާހަށް އިޒްރޭލުން ވަރަށް ބޮޑަށް ފާޑުކިޔާ އެ އިސްލާހާ ދެކޮޅު ހަދައިފި އެވެ.

އެ އިސްލާހަށް އަމަލު ނުކުރުމަށް އެދި އދ ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން އަށާއި އާންމު ބައްދަލުވުމުގެ ރައީސް ސާމް ކުޓޭސާ އަށް އިޒްރޭލުގެ އެމްބެސަޑަރު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ދިދަ، މެމްބަރު ގައުމުތަކުގެ ދިދަ ބަރީގައި ހިމަނައިފިނަމަ އެކަން ވެގެންދާނީ އދ ގެ އާންމު އުސޫލުތަކާއި ހިލާފު ކަމެއްގެ ގޮތުގައި ކަމަށެވެ.

އެ އިސްލާހުގެ ޑްރާފްޓް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެ އިސްލާހުގައި ބުނެފައިވަނީ މެމްބަރު 193 ގައުމުގެ ދިދައާއި އެކު ފަލަސްތީނުގެ ދިދަ ހިމެނުމަށެވެ. އެ އިސްލާހު ހުށަހަޅާފައި ވަނީ 21 ގައުމެއްގެ ތާއީދާއި އެކުގަ އެވެ. ތާއީދު ކުރާ ގައުމު ތަކުގެ ތެރޭގައި އަލްޖީރިއާ، ސައުދީ އަރަބިއްޔާ، މިސްރު އަދި ޖޯޑަން ހިމެނެ އެވެ. މި އިސްލާހަށް ވޯޓަށް އެހުން އޮތީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް