އަފްގާން ދެމީހެއްގެ ގައިގާ އާންމުންގެ ކުރިމަތީގައި ހައްދު ޖަހައިފި

ކައިވެނީގެ ބޭރުން ގުޅުން ހިންގި އަފްގާނިސްތާނުގެ އަންހެނަކާއި ފިރިހެނެއްގެ ގައިގާ، އާންމުންގެ ކުރިމަތީގައި 100 އެތިފަހަރުން ހައްދު ޖަހައިފި އެވެ. 2001 ވަނައަހަރު ތާލިބާނުންގެ ބާރު އަފްގާނުގައި ކެނޑުނު...

02 Sep 2015 | 01:35

ކައިވެނީގެ ބޭރުން ގުޅުން ހިންގި އަފްގާނިސްތާނުގެ އަންހެނަކާއި ފިރިހެނެއްގެ ގައިގާ، އާންމުންގެ ކުރިމަތީގައި 100 އެތިފަހަރުން ހައްދު ޖަހައިފި އެވެ.

2001 ވަނައަހަރު ތާލިބާނުންގެ ބާރު އަފްގާނުގައި ކެނޑުނުފަހުން ހައްދު ޖަހާފައިވަނީ ވަރަށް މަދު ފަހަރެއްގަ އެވެ. މި ފަހަރު ދެމީހެއްގެ ގައިގާ ހައްދު ޖަހާފައި މިވަނީ އަފްގާނިސްތާނުގެ ހުޅަނގުގެ ރަށެއް ކަމަށްވާ ގޯރު ގަ އެވެ.

އެ ދެމީހުންގެ ގައިގާ ހައްދު ޖަހާ މަންޒަރު ވީޑިއޯކޮށްފައިވާއިރު 100 އެތިފަހަރުން ހައްދު ޖެހި އަންހެންމީހާ އިނީ ބުރުގާ އަޅައިގެންނެވެ. އަދި ހައްދުޖަހާ މަންޒަރުބަލަން ގިނަ ބަޔަކު ގޮނޑީގައި އިށީންދެ ތިބޭ މަންޒަރު ވީޑިއޯއިން ދައްކަ އެވެ.

މިކަމާއިމެދު އެ ސަރަހައްދުގެ ގަވަރުނަރުގެ ތަރުޖަމާނު ސީމާ ޖުވެންދާ ބުނީ އެ ދެމީހުން އެގޮތަށް ގުޅުން ހިންގަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާކަން ތަހުގީގަށް އެނގިފައި ވާކަމަށާއި އެދެމީހުންގެ ގައިގާ ހައްދުޖެހީ އެއީ ގާނޫނުގައި އެކަން އެގޮތަށް ކުރަން އޮންނާތީ ކަމަށެވެ. އަދި ކައިވެނީގެ ބޭރުން ގުޅުން ހިންގާ މީހުންނަށް އިބުރަތަކަށް ވާނެތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް