ހަނިމާދޫ އެއާޕޯޓުގައި ދެ ބިދޭސީއަކު ތަޅައިފޮޅައިގެންފި، މަރުތޭލަކުން ޖަހައި އެކެއްގެ ކަންފަތް މައްޗަށް ބޮޑެތި އަނިޔާތަކެއް !

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ބިދޭސީއަކު ތަޅައިފޮޅައިގެންފިއެވެ. މީޑިއާއަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ މިރޭ 08:00 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދެ ބިދ...

02 Aug 2024 | 18:08

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ބިދޭސީއަކު ތަޅައިފޮޅައިގެންފިއެވެ.

މީޑިއާއަށް މަޢުލޫމާތުދެމުން ދެންމެ ފުލުހުން ބުނީ މިރޭ 08:00 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފަކު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާމައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

"މި މައްސަލައިގާ ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އަނިޔާވި މީހާއަށް މިވަގުތު ހަނިމާދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަކަމުގައިވެސް ފުލުހުން ބުންޏެވެ.

ދުވަހަށް މައުލޫމާތުދެމުން ހަނިމާދޫ ސިއްހީ މަރުކަޒުން ދެންނެވީ އަނިޔާވި މީހާގެ ކަންފަތުގައި ފަޅައިގެންގޮސްފައިވާތަން ސްޓިޗް ކުރުމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް މިހާރު ރިފަރކޮށްފައިވާކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެއް ބިދޭސީއަކު އަނެއް ބިދޭސީއަކަށް ހަމަލާދިނީ މަރުތޭލަކުންނެވެ. މަރުތޭލުން ޖަހާފައިވަނީ ކަންފަތްމަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް