ބަގްލަދޭޝް ފިރެހެނެއްގެ ވޮލެޓު ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް ފުލުހަށް

ބަގްލަދޭޝްގެ ފިރެހެނެއްގެ ވޮލެޓު ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް ދިވެހި ފުލުހުން ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހދ.ކުޅުދުއްފުށީގައި މިއަދުގެ ...

02 Aug 2024 | 16:24

ބަގްލަދޭޝްގެ ފިރެހެނެއްގެ ވޮލެޓު ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް ދިވެހި ފުލުހުން ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހދ.ކުޅުދުއްފުށީގައި މިއަދުގެ ވަގުތެއްގައެވެ.

މި ހާދިސާގައި ތުހުމަތު ކުރެވޭ އަންހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް ސޯސަލް މީޑިއާގައި ދަނީ މިކަމާ ގުޅުން ހުރި ވޯޑިއޯއެއް ދައުރު ވަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ބަގްލަދޭޝް މީހާ ހުރީ އަންހެން މީހާ ހިފަހައްޓައިގެންނެވެ. އަދި އެތަނުން ދިޔުމަށް އަންހެން މީހާ މަސައްކަތް ކުރަމުން ދާ ތަން ވެސް ފެނެއެވެ. އެވަގުތު އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް މީހުން ތިބި ކަމަށް ފެންނަ އިރު އެއްވެސް މީހަކު އެމީހާއަށް އެހީވުމަށް މަސައްކަތް ކޮށްފައިވާތަނެއް އެ ވީޑިއޯއަކުން ނުފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް