ޔާމީން އެހުރީ މީހަކަށް ސަލާމަތް ނުކުރެވޭވަރަކަށް ހިތް ކަޅުވެ ދުލުގަ ގޮށްޖެހިފަ: އެމްޕީ އިމްރާން

ޔާމީން އެހުރީ މީހަކަށް ސަލާމަތް ނުކުރެވޭ ވަރަކަށް ހިތް ކަޅުވެ ދުލުގަ ގޮށް ޖެހިފައި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ. "ބަނޑު އަޅާ ވިހޭ މައިމީހާ ދެކެ ނުވި...

02 Aug 2024 | 15:53

ޔާމީން އެހުރީ މީހަކަށް ސަލާމަތް ނުކުރެވޭ ވަރަކަށް ހިތް ކަޅުވެ ދުލުގަ ގޮށް ޖެހިފައި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ.

"ބަނޑު އަޅާ ވިހޭ މައިމީހާ ދެކެ ނުވި ލޯތްބެއް އިޙްތިރާމެއް ނުދިން މީހެއް، ދުނިޔެ ދޫކުރިދުހު މޫނު ދެކިލަން ނައި، ވިސްނާނެތަ އެހެން މީހަކު އެމީހެއްގެ މައިމީހާއަށް ގަދަރެއް ކުރާނެކަމަށް؟ ދިވެހި ދިދަޔަށް އަމަޔަށް ގޮވިި މީހަކު ކަމެއް ވާއިރަށް ދުލުގަ އޮންނަނީ ބަޅުވެފަ އޮތް ދެތިން ބަސް ކަމަށްވީމަ އަޅުގަނޑު މި ނިންމަނީ އެމީހަކު އެހެރީ އިންސާނަކަށް ސަލާމަތް ނުކުރެވޭ ވަރަށް ހިތް ކަޅުވެ ދުލުގަ ގޮއް ޖެހިފަކަމަށް! އަވަހަށް މި ބަލިމަޑުކަން ފެތުރުމުގެ ކުރިން އާންމުންނާ ދުރުގަ އެކަހެރިކޮށްފަރުވާދޭ ހާލަތަށް ގޮއްސަ ހުރިކަމަށް ޔަގީން ވަނީ" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ސަރުކާރާ ގުޅިގެން ދައްކާ ވާހަކަތަކާއި ގުޅިގެންނެވެ.

ޕީއެންއެފްގެ ރޭގެ ޖަލްސާގައި މަލީހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ގުޅޭ ގޮތުންވެސް ވާހަކަތަކެއް ދައްކާފައެވެ.އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ދަނީ ޕީއެންއެފްއަށް ލިބެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް