އާއިލީ ވިޔަފާރީގެ ވެހިކަލެއް ޓޯކުރާ ފޮޓޯއަކާއެކު ވަޒީރު ވިދާޅުވީ އެންމެނަށްވެސް ހަމަހަމަކޮށް ޤާނޫނު ތަންފީޒު ކުރާނެ ކަމަށް

ޤާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުވަތަ ޙާއްސަ ނުކުރާނެ ކަމުުގެ ޔަގީން ކަން ދާޙިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާން ދެއްވައިފިއެވެ. މިކަން ހާމަވެގެން ދިޔައީ،...

02 Aug 2024 | 15:16

ޤާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުވަތަ ޙާއްސަ ނުކުރާނެ ކަމުުގެ ޔަގީން ކަން ދާޙިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާން ދެއްވައިފިއެވެ.

މިކަން ހާމަވެގެން ދިޔައީ، ވަޒީރުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ހެޕީ މާޓްގެ އުޅަނދެއްވެސް ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުން ހަމަހަމަ ފިޔަވަޅު އަޅާފައިވާތީއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ އެންގެވުމާއި އެއްގޮތަށް ޤާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުވަތަ ޚާއްސަ ނުކޮށް އެންމެންނަށްވެސް ހަމަ ހަމަ ކޮށް ޤާނޫނު ތަންފީޒު ކުރުން ކަމަށެވެ. އަދި ދިވެހި ފުލުހުންގެ އިތުރުން އެހެން ތަންފީޒީ އިދާރާތަކުންވެސް އެގޮތުގައި ރާއްޖޭގައި ޤާނޫނުތައް ތަންފީޒު ކުރައްވާނެ ކަމަށެވެ.

ފުުލުހުން ދަނީ ޤަވައިދާ ޚިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތައް ނަގަމުންނެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހި ރޭގެ ވަގުތެއްގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ހެޕީ މާކެޓަކީ ވަޒީރު އަލީ އިހްސާންގެ ޢާއިލީ ވިޔަފާރިއެކެވެ. ވަޒީރު ކަމާ ހަވާލުވެލެއްވުމުގެ ކުރިން އިހްސާން ހުންނެވީ އެ ކުންފުނީގެ ސީއީއޯގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް