ރޭ ޕީއެންއެފް ޖަލްސާގައި މަލީހު ދެއްކެވި ވާހަކައަކާއި ގުޅިގެން ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ރުޅިގަދަ ވެއްޖެއެވެ.
ރޭ ޕީއެންއެފް ޖަލްސާގައި މަލީހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ގުޅޭ ގޮތުން ވާހަކަތަކެއް ދައްކާފައެވެ.
ސާޖިދާ ވިދާޅުވަނީ މުއިއްޒު ތިމަންނައާއި ކައިވެނިކުރަން އައީމަ މަންމައޭ ފޮނުވީ، މަންމަ ވިދާޅުވިއޭ ތިމަންނަ ކައިރީގައި ކަޅު ދިގޭ ރަގަނޅު ވާނޭ." މަލީހު ވިދާޅުވެފައި ވެއެވެ.
މި ޒާތުގެ މަލާމާތް ރައްދުވާ ޒާތަކަށް ރޭ މަލީހުވަނީ ވާހަކަތަކެއް ދައްކާފައެވެ.
"ކުރީގެ ވެރިކަން ކުރި ޔާމީނު އިސްވެ އިނދެ ކެބިިނެޓުން މަޤާމެއް ލިބޭތޯ ރައީސް އޮފީސް ވަށާއިގެން ދުވަމުންދާ މަލީހުއޭ ކިޔުނު މީހާ ލައްވާ ރާއްޖޭގެ ފަސްޓުލޭޓީ ނިޔާވެފައިވާ މަންމާފުޅަށް ފުރައްސާރަ ކުރާއިރުވެސް އެއްބަޔަކު ޔާމީނު ހީރޯ އަކަށް އެބަ ހަދާ. އަހަރުމެންގެ ކުރިމަތީގައި ޔާމީން އަކީ ޒީރޯ" ޝިއުނާ ވިދާޅުވެފައިވެއެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީން ސަރުކާރާ ގުޅުން ހުރި އެތައް ވާހަކަތަކެއް ދައްކައެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔުމާއި ރައީސުލްޖުމްހޫރިއްޔާއާއި ގުޅޭގޮތުން ޒާތްޒާތުގައި ވާހަކަތައް ވެސް ދައްކައެވެ.
ރޭ ޖަލްސާގައިވެސް ސަރުކާރުގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ގުޅޭގޮތުން ވަނީ ވާހަކަތަކެއް ދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް