އިސްރާއީލްގެ ހަމަލާއަކުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކޮށްފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖޭގެ ހުރިހާ މިސްކިތްތަކަކަށްް ޣައިބަށް ކަށު ނަމާދު ކުރުމަށް އެންގިކަމަށެވެ.
އެހެން ނަމަވެސް ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކަށު ނަމާދު ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކަށު ނަމާދުކޮށްފައިވަނީ ބައެއް މިސްކިތްތަކުގައެވެ. ކަށު ނަމާދު ކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އެކަން ކުރިން އިއުލާން ކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ އިޔާޒް ވިދާޅުވީ، ޔަޤީންނުންވެސް މާފަންނު ބޮޑުގޭ ވަގުތީ މިސްކިތުގައި ކަށު ނަމާދު ނުކުރާ ކަމަށެވެ. އަދި ކަން ނުވެ ނަން ވުމުގެ ސިޔާސަތު ހުއްޓާލަން ޖެހޭ ކަަމަށް ވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.
ޑރ އިޔާޒް ވަނީ ރޭ ވެސް ހަނިއްޔާގެ މައްޗަށް މިއަދު ހުކުރު ނަމާދަށް ފަހު ރާއްޖޭގައި ކަށު ނަމާދުކުރާ ގޮޮތަށް ހަމަޖައްސައިދެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލައްވާފައެެވެ.
ދުވަސްއަށް އެނގިފައިވާގޮތުގައި ބައެއް މިސްކިތްތަކުގައި ވަނީ ކަށު ނަމާދު ކޮށްފައެވެ. އެހެން ނަމަވެސް ހުރިހާ މިިސްކިތްތަކެއްގައި ކަށު ނަމާދު ކުރި ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް