އިންޑިޔާއިން ރާއްޖެއަށް އަސާސީ މުދާ ބޭރުކުރެވޭނެ ބަނދަރުތަކުގެ އަދަދު އިންޑިޔާއިން އިތުރުކޮށްފިއެވެ.
އެގޮތުން އިންޑިޔާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް އިން އިއްޔެ ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ މި އަހަރުގެ އޭޕްރީލް 15ގައި ހުއްދަ ދެވުނު ހަތަރު ބަނދަރުގެ އިތުރުން ކަންޑުލާ ސީ ބަނދަރާއި ވިޝާކާޕަޓްނަމް ބަނދަރުން މިހާރު ރާއްޖެއަށް އަސާސީ މުދާ ބޭރު ކުރެވޭނެ ކަމަށެވެ.
ރާއްޖެއަށް އަސާސީ މުދާ ބޭރު ކުރެވޭނެ ބަނދަރުތަކުގެ އަދަދު އިންޑިޔާއިން ލިމިޓުކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ. އެދުވަހު ކަނޑައެޅީ ރާއްޖެއަށް އިންޑިޔާއިން މުދާ ބޭރު ކުރެވޭނީ މުންޑްރާ ބަނދަރާއި، ޓުޓިކޮރިން ބަނދަރާއި، ނަވާ ސެވާ ބަނދަރާއި އަދި ތުގްލަކަބާދް އައިސީޑީ ބަނދަރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް