ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލެއްގައި އަލިފާން ރޯކޮށްލައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު އެކްސްގައި ވިދާޅުވެފައިވަނީ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އޮގަސްޓު 1 ވަނަ ދުވަހު...

02 Aug 2024 | 07:25

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު އެކްސްގައި ވިދާޅުވެފައިވަނީ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އޮގަސްޓު 1 ވަނަ ދުވަހު ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވަނީ ރޯކޮށްލާފައި ކަމަށެވެ.

"މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ" ޝިފާން ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭކަމަށެވެ.

ތަރުޖަމާން ޝިފާން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަގޮތުގައި އެ ސައިކަލުވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް