ބިދޭސީ މާރާމާރީއާއި ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓުކުރަން ނިންމައިފި

ރޭގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާއި ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓުކޮށްލަން ނިންމައިފިއެވެ. މިކަން ހާމަކޮށް އިމިގްރޭޝަނުން ދެންމެ ބުނީ މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ދިވެހި ފު...

01 Aug 2024 | 19:40

ރޭގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާއި ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓުކޮށްލަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ދެންމެ ބުނީ މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުން އިމިގްރޭޝަނާ ހަ ބިދޭސީއަކު ހަވާލުކޮށްފައިވާކަމަށާއި އެ ހަ ބިދޭސީނ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ވިސާ ބާތިލުކޮށް ޑީޕޯޓުކުރަން މިހާރު ނިންމާފައިވާކަމަށެވެ.

ރޭގެ އެ މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަސް މީހަކު ދޫކޮށްލާފައިވާކަމަށް މިއަދު ފުލުހުން ބުންޏެވެ. އެހެންނަމަވެސް އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަގޮތުގައި އެ ބިދޭސީންގެ މޫނުމަތީގައި ބޭސްމަލަން ފަދަ ކަންކަން ފެންނަން ހުރުމުން އެއީ އެ މާރާމާރީއާއި ގުޅުންހުރި ބިދޭސީން ކަމުގައި ބެލެވެއެވެ. މިވަގުތަކީ ދަން ވަގުތެއްކަމުން މިކަމުގައި ފުލުހުންގެ ރަސްމީ ކޮމެންޓެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް