ރާއްޖޭގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ޑރ އިޔާޒް ގޮވާލައްވައިފި، ކުރީގެ އިސްލާމިކް މިނިސްޓަރވެސް އެކަމަށް ތާއީދު

މާދަމާ ހުކުރު ނަމާދަށްފަހު އިިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ޑރ އިޔާޒް ގޮވާލައްވައިފިއެވެ. ޑރ އިޔާޒް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ވަރަށް ގިނަ ގައުމު...

01 Aug 2024 | 19:08

މާދަމާ ހުކުރު ނަމާދަށްފަހު އިިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ޑރ އިޔާޒް ގޮވާލައްވައިފިއެވެ.

ޑރ އިޔާޒް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ޣައިބަށް ކަށުނަމާދު ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައިވެސް މާދަމާ ހުކުރު ނަމާދަށް ފަހު ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރާގޮތަށް ހަމަޖައްސައިދެއްވުމަށް ޑރ އިޔާޒް ވަނީ އިސްލާމިކް މިނިސްޓްރީއަށް ގޮވާލައްވާފައެވެ.

މިކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު އަލީވެސް ވަނީ ތާއިދުކުރައްވަވާ އެއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ހަނިއްޔާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ގަތަރުގައެވެ. ހަނިއްޔާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުއެވެ. އަދި ހަނިއްޔާ ފަސްތާނުލުމަށް ހަމަޖެހިފައިވަނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނުގައި ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް