ގާސިމުގެ ހާއްސަ އެޑްވައިޒަރަކަށް އަލީ ވަހީދު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިތުރު ދެ ...

02 Aug 2023 | 18:33

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިތުރު ދެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

އަލީ ވަހީދުގެ އިތުރުން އޭނާގެ ގާތް ދެ ބޭފުޅުން ކަމަށްވާ އިބްރާހިމް ސުޖާއާއި އިސްމާއިލް ސުޖާވެސް މިއަދު ވަނީ ގާސިމުގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފައެވެ.

އެ ކަމުގެ ލިޔުން އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ގާސިމެވެ.

ގާސިމުގެ ސްޕެޝަލް އެޑްވައިޒަރުންގެ މަގާމުގައި މިހާރު ތިއްބެވި ބޭފުޅުން:

  • ރައްޔިތުން މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު
  • ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
  • ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް
  • ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު
  • ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު
  • ކުރީގެ ޔޫތް އެންޓް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް
  • ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
  • ޑރ. އާމާލް އަލީ

އެ ބޭފުޅުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދަކީ ސްޕެޝަލް އެންވޯއީ އެވެ.

އަލީ ވަހީދު ކުރީގެ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއެވެ. ނަމަވެސް ޖިންސީ ކުށުގެ ތުހުމަތުތާ އެކު އޭނާ މަގާމުން ވަކިކުރެވިގެންދިޔައެވެ. އަދި އެތުހުމަތުތަކާ ގުޅިގެން އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނަވާތާ ދެ އަހަރަށްވުރެ ގިނަ ދުވަހަށް ފަހު އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް