ދިރާސީ އަހަރު ފެށުމުގެ ކުރިން އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި ތާރު އަޅާ ނިންމައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީ އިން ބުނާގޮތުގައި މި މަސައްކަތް ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މީގެ ކުރިން އާރްޑީސީގެ މީޑިއާ އޮފިޝަލު، އަހުމަދު ފައިރޫޒު ވިދާޅުވި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަހަކަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލެވޭތޯއެވެ. ނަމަވެސް ތާރު އެޅުމުގެ މަސައްކަތް ލަސްވީ ވިއްސާރައާ ގުޅިގެން ކަމަށް ފައިރޫޒު ވަނީ ފާހަގަކޮށްފައެވެ.
އަމީނީ މަގުގެ އެއްވަނަ ސެގްމެންޓުން ފެށިގެން ހަތްވަނަ ސެގްމެންޓާ ހަމައަށް ތާރުއަޅައި ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް