ރައީސުލްޖުމްހޫރިއްޔާ، ހދ. ހަނިމާދޫ ބަނދަރާއި، ފުޓުބޯޅަ ދަނޑު، އަދި ސްކޭޓްޕާކް ހުޅުއްވައި ދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެނިމުން ފާހަގަކޮށްދެއްވައިފިއެވެ.
ރައީސް މި މަޝްރޫއުތައް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ، މިހާރު އެމަނިކުފާނު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުގައެވެ.
ރައީސް މިއަދު ހުޅުއްވައި ދެއްވި ހަނިމާދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.
އެ ރަށު ކައުންސިލުން ތަރައްޤީކުރި ސްކޭޓް ޕާކުވެސް ރައީސް ވަނީ ހުޅުއްވައި ދެއްވާފައިވާފައެވެ.
ހަނިމާދޫ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަޝްރޫޢު ނިމި އެބަނދަރު، ރައީސް މިއަދު ހުޅުއްވައި ދެއްވާފައިވާ އިރު، ހަނިމާދޫ ބަނދަރުގެ މަޝްރޫޢު ކުރިޔަށްގެންދަވާފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 7.4 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީންނެވެ. އަދި ހަނިމާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެމަޝްރޫޢުގެ މަސައްކަތްވެސްކޮށްފައި ވަނީވެސް ހަމަ އެ ކުންފުނިން ކަން ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް