އީވާއަށް ބިރުދެއްކި މީހާގެ ފޯނު އަތުލުމަށްފަހު އެމީހާ ދޫކޮށްލައިފި

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއަށް ބިރު ދެއްކި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މީހާގެ ފޯނު އަތުލުމަށްފަހު އޭނާ ދޫކޮށްލައިފިއެވެ. އޭނާ ހައްޔަރު ކު...

02 Aug 2023 | 08:24

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއަށް ބިރު ދެއްކި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މީހާގެ ފޯނު އަތުލުމަށްފަހު އޭނާ ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރު ކުރިކަން ހާމަކޮށް ފުލުހުން ބުނީ އެމީހަކު ހައްޔަރުކުރީ އީވާގެ ދަރިފުޅުގެ ފޮޓޯއެއް ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި މައްސަލައެއްގައި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހަކު ހައްޔަރުކުރީ ރޭ 22:34 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ކޯޓު އަމުރު ތަންފީޒު ކުރުމަށްފަހު ރޭގެ ވަގުތެއްގައި އެމީހާ ދޫކޮށްލާފައި ވާކަމަށެވެ.

"އޭނާގެ ފޯނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް