ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެގޮތުން އެމްޓީސީސީ އިން ބުނާގޮތުގައި މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ އިތުރަށް، 60 މީޓަރުގެ ރިވެޓްމެންޓް ޕްރޮފައިލިން މަސައްކަތް ކުރިޔަށްދާނެ ކަމެވެ.
މީގެ އިތުރަށް، 110 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ބޮލާރޑް އަދި ވީ-ފެންޑަރ ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނޭކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތް 2019 އޮކްޓޯބަރ 30 ގައި އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާއިރު، އެ ކުންފުނިން މި މަސައްކަތް ފަށާފައިވަނީ 2021 އެޕްރީލް 3 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް