ކަސްޓަމަރުންނަށް 'ލިމިޓްލެސް' ޑޭޓާ އެލޮވަންސް ލިބޭ މުޅިން އައު އަންލިމިޓެޑް ފައިބަރ ބްރޯޑްބޭންޑް ބޫސްޓަރެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.
މި އޮފަރގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާއަށް މި ބޫސްޓާރ އެކްޓިވޭޓް ކޮށްލައިގެން އެފަރާތްތަކުގެ ހުރިހާ ޑޭޓާ ބޭނުންތައް ފުއްދާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ކޮންމެ ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖެއްގެ ކަސްޓަމަރުންނަށްވެސް މި ބޫސްޓަރ ނެގޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރާސް، ދިރާގުން ވަނީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ސްޓްރީމިންގ، ބްރައުސިންގ އަދި ގޭމިންގ ބޭނުންތަކަށް އައު ލިމިޓަޑް ޓައިމް އޮފަރއެއްވެސް ތަޢާރަފްކޮށްފައެވެ. އަދި މި އެޑް-އޮންއާއެކު ކަސްޓަމަރުންނަށް އެންމެ 601 ރުފިޔާއަށް 30 ދުވަހަށް 125ޖީބީ ލިބޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރައްވައެވެ.
ދިރާގުން ވަނީ މި ޚާއްސަ ޕްރޮމޯޝަންއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ގެ ލިންކް ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް