ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މރ. މޯގަން ބީންލޭންޑް ހަމަޖައްސައިފިއެވެ. މޯގަން އަކީ ބޭންކިންގ، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރ...

02 Aug 2023 | 07:14

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މރ. މޯގަން ބީންލޭންޑް ހަމަޖައްސައިފިއެވެ.

މޯގަން އަކީ ބޭންކިންގ، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާއިން 22 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.  އަދި އޭނާ ވަނީ ލޮއިޑްސް ބޭންކިންގ ގްރޫޕް، ޔޫކޭ ގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ. އެގޮތުން ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް، ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިންގ ގްއާރންސޭ އަދި ސީނިއަރ ވައިސް ޕްރެޒިޑެންޓް، ފައިނޭންޝަލް އިންސްޓިޓިއުޝަންސް ނޯތު އެމެރިކާ ފަދަ މަގާމުތައް އޭނާ އަދާކުރައްވާފައިވާކަން ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.

މޯގަން އެންމެ ފަހުން މަސައްކަތްކުރައްވާފައިވަނީ ޔޫކޭގެ ކެޕްކޯގައި މެނޭޖިންގ ޕްރިންސިޕަލްގެ މަގާމަށް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. އަދި މި މަގާމުގައި އޭނާ ވަނީ ޔޫކޭ ބޭންކިންގ އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ  ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ އިސްދައުރެއް އަދާކުރައްވާފައެވެ.

"މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވަރކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް. ބޭންކަރއެއް އަދި އޮޕަރޭޝަންސް ޑިރެކްޓަރއެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ. މޯގަންގެ ތަޖުރިބާގެ އަލީގައި ބީއެމްއެލްގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކުރެވި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށާއި، އެ މަގާމުގައި މޯގަން އަށް ކާމިޔާބަށް އެދޭކަމަށް ކާރލް އިތުރަށް ވިދާޅުވިއެވެ.

މޯގަން ވަނީ ޔުނިވަރސިޓީ އޮފް ސައުތުހެމްޓަން އިން ބެޗަރލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ. އަދި އޭނާ އަކީ އިންޓަރނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓް އިން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސް ސަރޓިފިކޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް